އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަށް މަރުހަބާ ކިޔަން: ރައީސް

އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަށް މަރުހަބާ ކިޔަން: ރައީސް

ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއިން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެ ބޭފުޅުން އެކުގައި މީޑިއާ ކުރިމަތީގައި ދެއްވި މީޑިއާ ސްޓޭޓްމަންޓުގައި ރައީސް ވިދާޅުވީ އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް އެދިވަޑައިގަންނަޗާ ކަމަށެވެ. ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ގައުމެއް ކަމަށާއި އެހެންވެ، އެ ގައުމުން އިތުރު ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކުރުމަށް މަރުހަބާ ކިޔާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ކުރިއެރުމަށްޓަކައި ދެ ގައުމުގެ ރައްޔިތުންގެ އެއްބާރުލުމާ އެކު އެކަން ކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސިއްހީ ބޭނުންތަކަށާއި ޓޫރިޒަމް އަދި ތައުލީމު ހާސިލް ކުރުމަށް ވަރަށް ގިނަ އަދަދެއްގެ ދިވެހިން އިންޑިއާ އަށް ދަތުރުކުރެ އެވެ. ހަމައެއާ އެކު، ރާއްޖޭގެ ތަރައްގީގައި ވެސް އިންޑިއާގެ ހިއްސާ ވަރަށް ބޮޑުކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *