އިންޑިޔާ ރާއްޖެ- ކުރިން ގައްދާރަށް ގޮވި މީހުން މިހާރު މާފަށްއެދޭނެ ހިތްވަރު ހުންނާނެތަ؟ މާރިޔާ

އިންޑިޔާ ރާއްޖެ- ކުރިން ގައްދާރަށް ގޮވި މީހުން މިހާރު މާފަށްއެދޭނެ ހިތްވަރު ހުންނާނެތަ؟ މާރިޔާ

ކުރީގެ ރައީސް އިބްރާހީމް މުހަންމަދުގެ ސޯލިހުގެ ވެރިކަމުގައި އެންމެ ބޮޑަށް އޭރު "ގައްދާރަށް" ގޮވި މީހުންގެ ކިބައިގައި މިހާރު މާފަށް އެދޭނެ ހިތްވަރު ހުންނާނެތޯ، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ސުވާލު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު، މިހާރު އިންޑިޔާއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން މާރިޔާ އެކްސްގައި މިއަދު ވިދާޅުވީ އޭރުގެ ސަރުކާރަށް އެންމެ ބޮޑަށް ގައްދާރަށް ގޮވި "ޔޫޓިފްގައި ކޯސްޓްގާޑު ބަނދަރެއް ހެދުމަށް ކުރެވުނު އެކަތަ ހާބަރ އެގްރީމެންޓް" މަސައްކަތް ވަރަށް ބާރަށް މި ސަރުކާރުން ކުރިޔަށް ގެންދާކަމަށް ރައީސް ޑރ. މުއިއްޒުގެ އިންޑިޔާ ދަތުރުފުޅުގައި ރިޕޯޓު ކުރަމުން އަންނަ ކަމަށެވެ.

"ގޮވިބަޔަކު މާފަށް އެދޭނެ ހިތްވަރު ހުންނާނެބާ" އެކަމާއި ގުޅިގެން މާރިޔާ ސުވާލު ކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒު މިހާރު އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ދެގައުމުން ވަނީ ނިންމާފައެވެ. ރައީސްގެ އިންޑިޔާ ދަތުރުފުޅާއި ގުޅިގެން މާރިޔާ އެކްސްގައި ކުރެއްވި އެހެން ޕޯސްޓެއްގައި ވަނީ ކުރިން "އިންޑިޔާ އައުޓް" ކެމްޕޭންގައި އުޅުއްވާފައިވާ ރައީސް މުއިއްޒު މިހާރު އިންޑިޔާއާ ގުޅުން ބަދަހި ކުރައްވަމުން ގެންދަވާއިރު، "ރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ އިންޑިއާ ޕަސްޓް ޕޮލިސީ ރައީސް މުއިއްޒު ދަމަހައްޓާނެތޯވެސް ސުވާލު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *