ޑިފޯލްޓް ވެދާނެކަމުގެ ބިރު އޮތް ސުކޫކަށް 25 މިލިއަން ޑޮލަރު ދައްކައިފި

ޑިފޯލްޓް ވެދާނެކަމުގެ ބިރު އޮތް ސުކޫކަށް 25 މިލިއަން ޑޮލަރު ދައްކައިފި

ރާއްޖެއިން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށް ވާ ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފިއެވެ.

އެ ސްކޫކުގެ އިންޓްރެސްޓް ފައިސާ ރާއްޖެއިން ދެއްކިއިރު، އެ ފައިސާ ސުކޫކު ޑިފޯލްޓް ވެދާނެ ކަމަށް ބޭރުގެ ބައެއް މީޑިޔާ ތަކުގައި ރިޕޯޓުކުރިއެވެ

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސުކޫކަށް އިންވެސްޓް ކުރި ފަރާތްތަކަށް އެ ފައިސާ ފޮނުވައި ސެޓުލް ކޮށްފައިވާ ކަމަށެވެ. ފައިސާ ދައްކާފައިވަނީ މިއަދު ކަމަށާއި އެ ފައިސާ ދައްކާފައި ވަނީ ދައުލަތަށް ލިބުނު އާމްދަނީން ކަމަށް ފިނޭންސުން ބުންޏެވެ.

ރާއްޖެއިން އެ ސުކޫކު ނެގީ 9.875 ޕަސެންޓު އިންޓްރެސްޓް ރޭޓުގަ އެވެ. މި މަހު ދެއްކި ކޫޕަން ޕޭމެންޓާ އެކު މި އަހަރު ކޫޕަން ޕޭމެންޓުގެ ގޮތުގައި ދެއްކި އަދަދު 50 މިލިއަން ޑޮލަރަށް އަރާނެ އެވެ.

ސުކޫކުގެ ދަށުން ކޮންމެ އަހަރަކު ދެ ކޫޕަން ޕޭމެންޓު އިންވެސްޓަރުންނަށް އަންނަނީ ދައްކަމުންނެވެ. އަންނަ އަހަރު ވެސް ކޫޕަން ޕޭމަންޓުގެ ގޮތުގައި 50 މިލިއަން ޑޮލަރު ސަރުކާރުން ދައްކާނެ އެވެ. ކޫޕަން ޕޭމެންޓުތައް ދައްކަނީ އޭޕްރީލް އާއި އޮކްޓޫބަރުގަ އެވެ.

ސަރުކާރުން ވިއްކި ސުކޫކު ލިސްޓުކޮށްފައި ވަނީ އަބޫ ދާބީގެ ސްޓޮކް މާކެޓުގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *