މޯދީ ރާއްޖެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދައުވަތު ދެއްވައިފި

މޯދީ ރާއްޖެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދައުވަތު ދެއްވައިފި

ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި ެވެ.

ރައީސް  މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރި އެއްބަސްވުންތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު ދެއްވި ޖޮއިންޓު ޕްރެސް ސްޓޭޓުމެންޓެއް ދެއްވައިފައެވެ.

އެ ޖޮއިންޓް ޕްރެސްގައި ރައީސް ވިދާޅުވީ  މިއަންނަ އަހަރު ރާއްޖެއާއި އިންޑިއާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭނެ ކަމަަށެވެ. ރައީސް ވިދާޅުވީ އެ މުނާސަބަތު ފާހަގަކުރުމަށް މޯދީ ރާއްޖެ ވަޑައިގަތުމަށް މިހާރު ދައުވަތު ދެއްވާފައިވާ ކަމަށެވެ.

ނަމަވެސް އެ ދައުވަތު މޯދީ ގަބޫލު ކުރެއްވިކަމެއް ރައީސް ވިދާޅެއްނުވެއެވެ. އަދި މޯދީވެސް އެކަން ކަށަވަރުކޮށް ނުދެއްވައެވެ.

އެންމެ ފަހުން މޯދީ ރާއްޖެއަށް ވަޑައިގެންފައި ވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޖޫން 2019ގައެވެ. އޭގެ ކުރިން، ރައީސް ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ނޮވެމްބަރު 2018ގައި ވެސް މޯދީ ރާއްޖެ ވަޑައިގެންނެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *