އެއްލައިދޫ ރިސޯޓް ކައްކާ މަރައިލި މައްސަލައިގައި، ފުރައިގެންދިޔަ ހެކިން ހޯދަން އިތުރަށް މަސައްތަން ނުކުރަން ނިންމައިފި

އެއްލައިދޫ ރިސޯޓް ކައްކާ މަރައިލި މައްސަލައިގައި، ފުރައިގެންދިޔަ ހެކިން ހޯދަން އިތުރަށް މަސައްތަން ނުކުރަން ނިންމައިފި

ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އދ. އެއްލައިދޫ ރިސޯޓުގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައިގައި ރާއްޖޭން ބޭރަށް ދިޔަ ހެކިން ހޯދަން ދެން އިތުރު މަސައްކަތް ނުކުރުމަށާއި، އެމީހުންގެ ހެކިބަސް ނުނަގަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެއްލައިދޫ ރިސޯޓުގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ކަތިވަޅިއަކުން ހަމަލާދީ މަރާލި މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބާއްވައިފައެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އެންމެ ފަހުން ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ރާއްޖޭން ބޭރުގައި ތިބި ހެކިވެރިން ތިބި ތަނަކާ ބެހޭ މައުލޫމާތު ހޯދަމުންދާ ކަމަށް ދައުލަތުން ކޯޓަށް އަންގާފައިވި ނަމަވެސް މިހާތަނަށް އެކަމާބެހޭ އެއްވެސް މައުލޫމާތެއް އަންގާފައި ނުވާ ކަަމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި އެމީހުން ތިބި ތަނެއް ނޭނގޭތީ އެމީހުން ހޯދަން އިންޓަޕޯލް އެހީއަށް އެދިފައިވާކަަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ ހެކިން ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެމީހުން ހޯދަން އިތުރު މަސައްކަތެއް ނުކުރާނެ ކަމަށެވެ.

ނަމަވެސް މިއަދުގެ އަޑުއެހުމުގައި ވަނީ ހަބީރެއްގެ ގޮތުން ޑޮކްޓަރެއްގެ ހެކިބަސް ނަގައިފަ އެވެ. އެއީ މަރުވި މީހާއާ ބެހޭގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯޓާ ބެހޭގޮތުން ގޮތުންނެވެ. އަދި އެ ހާދިސާ ހިނގި ތަނުގައި ތިބި މީހުންގެ ބަޔާން ނެގި ފުލުހެއްގެ ހެކިބަސް ވެސް ނެގިއެވެ.

ގާޒީ ވިދާޅުވީ އެ މައްސަލާގައި ހާޒިރު ކުރެވެން ތިބި ހެކިންގެ ހެކިބަސް ނެގުމަށް ފަހު ހެކިބަހާ ބެހޭގޮތުން ވާހަކަ ދައްކަން އަންނަ މަހުގެ ކުރީކޮޅު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *