ދޮގާއި ނެތި ނުބައި ކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދިނެތި އެބައުޅޭ: ރައީސް

ދޮގާއި ނެތި ނުބައި ކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދިނެތި އެބައުޅޭ: ރައީސް

ދޮގު ވާހަކަ ދެއްކުމާއި ނެތިނުބައި ކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު ދިވެހި މުޖުތަމައުގައި އަވަދިނެތި އެބައުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު ވިދާޅުވެއްެޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދޮގު ޚަބަރު ފެތުރުމަކީ މިއަދު ދިވެހި މުޖުތަމައުގައި މޫލާފައިވާ ކަމެއް ކަމަށެވެ. ދޮގާއި ދޮގު ފެތުރުމަކީ ދިވެހި މުޖްތަމައަށް އޮތް ބޮޑު ހަލާކެއް ކަމަށާއި، ދޮގު ފަތުރާ މީހުން އެ މަސައްކަތް ކުރަނީ ދުނިޔަވީ މަންފާއަކަށްޓަކައި، ކުޑަ ލާރިކޮޅަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ދޮގާއި އާޑަފުރައްސާރަ އާއި ނެތި ނުބައި ކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދިނެތި އެބަ އުޅޭ. ލިބޭ ވަގުތީ، ދުނިޔެވީ މަންފާއަށްޓަކައި. ކުޑަ ލާރިކޮޅަކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބަޔެއް ފަހަރު، ބަޔެއް ފަރާތްތަކުން ފަތުރާ ދޮގު ޚަބަރުގެ ސަބަބުން މުޅި ދައުލަތަށް އޭގެ ގެއްލުން އިންތިހާއަށް ފޯރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ތިމާއަށް ލިބިފައިވާ މުއްސަނދިކަން، ދޮގު ޚަބަރު ފެތުރުމަށް ހޭދަ ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ އިލްތިމާސްއަކީ "ﷲ ދެއްވާފައިވާ ރިޒުގާއި މުއްސަނދިކަން މިފަދަ ހަލާކުތަކަށް ހޭދަ ނުކުރެއްވުން،" ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *