ޖެންޑާ މިނިސްޓްރީން ވަކިކޮށް، އަމިނަތު ހުސައިން ފިޝަރީޒްއަށް، ނަމްޒާ ޔޫތްއަށް ބަދަލުކޮށްފި

ޖެންޑާ މިނިސްޓްރީން ވަކިކޮށް، އަމިނަތު ހުސައިން ފިޝަރީޒްއަށް، ނަމްޒާ ޔޫތްއަށް ބަދަލުކޮށްފި

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފް އަދި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއް ކަމަށްވާ އާމިނަތު ނަމްޒާ، ޖެންޑާ މިނިސްޓްރީން ވަކިކޮށް، އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފި އެވެ.

އަމިނަތު ހުސައިން ޝަރީފު ބަދަލުކުރީ ފިޝަރީޒް މިނިސްޓްރީއަށެވެ. ނަމްޒާ ބަދަލުކުރީ ޔޫތް މިނިސްޓްރީއަށެވެ.

އެ ބަދަލަކީ "އިންޓާނަލް ބަދަލެއްގެ" ގޮތުގައި ގެނައި ބަދަލެވެ. އެ ދެ މީހުން އެހެން މިނިސްޓްރީއަކަށް ބަދަލުކުރި ސީދާ ސަބަބު ސާފުވެފައިނުވެ އެވެ.

ނަމަވެސް އެ ދެ މީހުން، އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފައިމިވަނީ ޖެންޑާ މިނިސްޓްރީގެ "އެލްޑާލީ ޑިޕާޓްމަންޓު" އިސްވެރިއެއް ކަމަށްވާ އައިޝަތު ޝޫޒާ އެ މިނިސްޓްރީގެ ވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ. ޝޫޒާ އެ ތުހުމަތުތައް ކުރާ ވިޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ވިޑިއޯގައި ޝޫޒާ ވިދާޅުވެފައިވަނީ ޖެންޑާ މިނިސްޓްރީގެ އިސްވެރިން އޭނާއާމެދުތަފާތުކުރުން ގެންގުޅުއްވާ ކަމަށާއި އެހެންވެ، ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *