އީރާނުގެ ދުވަސް ދުވާލާނަން: ނަތަންޔާހޫ

އީރާނުގެ ދުވަސް ދުވާލާނަން: ނަތަންޔާހޫ

އިސްރާއީލުގެ އަސްކަރީ މަރުކަޒު ތަކަށް އީރާނުން ރޭ މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން މެދުއިރުމަތީގެ ސަރަހައްދުގައި ހަނގުރާމައިގެ ބިރުވެރިކަން އިތުރުވެ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވަރުގަދަ އިންޒާރެއް އީރާނަށް ދީފިއެވެ.

އީރާނުގެ ހަމަލާ ތަކުގައި އިސްރާއީލުގެ އަސްކަރީ މަރުކަޒު ތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް ވަނީ ރިޕޯޓު ކުރެވިފައެވެ. އީރާނުން މި ހަމަލާ ދީފައިވަނީ އިސްރާއީލުން އީރާނުގެ ތާއީދު އޮންނަ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.

މި ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ބަދަލު ހިފުމުގެ ގޮތުން އީރާނުގެ ދުވަސް ދުވާލާނެ ކަމަށް ވިދާޅުވެފައެވެ. ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުން އީރާނުގެ ދުވަސް ދުވާލާނެ ކަމަށާއި، އެކަން ކުރާނީ ދުވަހަކު ވެސް ބަޔަކު ހަނދާން ނުނެތޭނެ ފަދަ އިބުރަތެއްގެ ގޮތުގައި ކަމަށެވެ.

މި ވާހަކަ ތަކުން ދޭހަވަނީ އިސްރާއީލުން އީރާނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފެށުމުގެ ނިޔަތް އޮތްކަމެވެ. އަދި މިއީ އިސްރާއީލުން އީރާނަށް ދޭ ސީދާ އިންޒާރެއް ކަމުގައިވެސް ބެލެވެއެވެ.

އިސްރާއީލާއި އީރާނާ ދެމެދު އޮންނަނީ ގިނަ ދުވަސްތަކެއް ވަންދެން ދެމިގެންދާ ދެކޮޅުވެރި ކަމެކެވެ. މި ހާދިސާތަކާއި ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ގޯސްވެ، ސީދާ ހަނގުރާމައަކަށް ވެއްޓިދާނެކަމުގެ ބިރު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރޭގައި އުފެދިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *