ވީއައިޕީގައި ބައްޕަ ގެންގުޅުއްވުމުން، ޝިޔާމަށް ކުރި ދައުވާ ސާބިތުނުވި

ވީއައިޕީގައި ބައްޕަ ގެންގުޅުއްވުމުން، ޝިޔާމަށް ކުރި ދައުވާ ސާބިތުނުވި

ވީއައިޕީގައި ބައްޕަ ގެންގުޅުއްވި މައްސަލައިގައި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމަށް ކުރި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތެއް ނުވިއެވެ.

ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، އަހަރަކަށް ވުރެ ގިނަ ދުވަހު ޝިޔާމްގެ ބައްޕަ ބަހައްޓައި، ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ އޮފިސަރަކާ ހަވާލު ކުރީ ޤާނޫނާ އެއްގޮތަށް ކަމަށް ވިދާޅުވެ، އެ މައްސަލައިގެ ދައުވާ ބޭރުކޮށް ދިނުމަށް، މީގެކުރިން އޮތް އަޑު އެހުމުގައި ޝިޔާމްގެ ފަރާތުން ކުރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ.

ބައްޕަ ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި ޝިޔާމް ގެންގުޅުއްވީ ޤާނޫނާ ޚިލާފަށްކަަން ފާހަގަ ކުރައްވައި ދައުލަތުން ޝިޔާމުގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ. ޝިޔާމުގެ އޭނާގެ ބައްޕަ އެމްއާރުސީސީގައި ބަހައްޓައި، ސިފައިންގެ އޮފިސަރަކު ބައްޕަގެ ކަންކަން ބަލަހައްޓަން ހަމަޖެއްސީ ސިފައިންގެ ޤާނޫނާއި އުސޫލުތަކާއި ޚިލާފަށް ކަމަށް ދައުލަތުން ދައުވާގައި ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ އާމިނަތު އަޒުލިފާ މިއަދު ކުރި ހުކުމްގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިތަކުން ދައުވާ ސާބިތު ނުވާ ކަމަށެވެ. އެގޮތުން, ގެސްޓް ހައުސްގައި އާއިލީ މީހުން ބެހެއްޓޭނެ ވަކި މުއްދަތެއް ސިފައިންގެއިން ކަނޑައަޅާފައި ނުވާތީ ޝިޔާމްގެ ބައްޕަ ބެހެއްޓީ ދިގު މުއްދަތަކަށްކަން ސާބިތު ކުރެވިފައި ނުވާކަމަށް ވަނީ ހުކުމް ކޮށްފައެވެ.

ގާޒީ އެގޮތަށް ހުކުމް ކުރެއްވީ، އެކަމުގައި އަމަލު ކުރަމުން ދިޔަ އުސޫލުން ޗީފް ޑިފެންސްގެ ބިއުރޯއިން ހުއްދަ ދޭ ފަރާތްތައް އެތަނުގައި ބެހެއްޓޭކަމާއި، ސިފައިންގެ އާއިލާގެ މީހުންނާއި ސިފައިންގެ ދައުވަތަށް އަންނަ މެހެމާނުން އެކި މުއްދަތަށް އެތަނުގައި ބައިތިއްބައި ޚިދުމަތް ދިނުމާއި، އާންމުކޮށް މީހަކު ބަހައްޓާ މުއްދަތަށް ވުރެ ދިގު މުއްދަތަކު އެތަނުގައި ސިޔާމްގެ ބައްޕަ ބެހެއްޓިކަން ކަނޑައެޅޭނެ ގޮތެއް ނެތުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *