މިދިޔަ ދައުރުގައި ސިޔާމް ހާޒިރުވީ މަޖިލީހުގެ އެންމެ ޖަލްސާ އަަކަށް

މިދިޔަ ދައުރުގައި ސިޔާމް ހާޒިރުވީ މަޖިލީހުގެ އެންމެ ޖަލްސާ އަަކަށް

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ، މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާ ތަކުގެ ތެރެއިން، މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު) ހާޒިރުވެ ވަޑައިގެންނެވީ އެންމެ ޖަލްސާއަކަަށް ކަމަށް މަޖިލީހުގެ ހާޒިރީން ދައްކައިފިއެވެ.

މިދިޔަ ދަރުގައި 11 ޖަލްސާއެއް ބޭއްވިއެވެ. ނަމަވެސް ސަލާމްވެސް ވިދާޅުނުވެ ސިޔާމް ވަޑައިގެންނެވީ އެންމެ ޖަލްސާ އަކަށެވެ. ދެވަނައަށް އެންމެ މަދުން ޖަލްސާ ތަކަށް ވަޑައިގެންނެވި މެންބަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ ބިލެތްދޫ ދާއިރާގެ އަހްމަދު އަސްލަމެވެ. ނަމަވެސް އަސްލަމް ވަޑައިނުގަންނަވަނީ އެންމެ ދެ ޖަލްސާ އަށެވެ.

މި ދައުރުގައި އެންމެ ގިނައިން ސަލާމް ވިދާޅުވެފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މީކާއީލް ވަނީ 6 ޖަލްސާއަށް ސަލާމް ވިދާޅުވެފައެވެ. ދެވަނައަށް އެންމެ ގިނައިން ސަލާމް ވިދާޅުވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފް ވަނީ 5 ޖަލްސާއަށް ސަލާމް ވިދާޅުވެފައެވެ. ތިންވަނައަށް އެންމެ ގިނަ ޖަލްސާ ތަކަށް ސަލާމް ވިދާޅުވީ، ނިލަނދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ. އެ ދެ މެންބަރުން 4 ޖަލްސާއަށް ސަލާމް ވިދާޅުވެފައިވެއެވެ.

4 ވަނައަށް އެންމެ ގިނައިން ސަލާމް ވިދާޅުވީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އާއި ޖޭޕީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެވެ. އެބޭފުޅުން ސަލާމް ވިދާޅުވީ 3 ޖަލްސާއަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *