ހަމަލާއެއް ދީފާނެތީ އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ "ފޮރުވައިފި"

ހަމަލާއެއް ދީފާނެތީ އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ "ފޮރުވައިފި"

ލުބްނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާޢަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާއި ގުޅިގެން، އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީ ރައްކާތެރި ތަނަކަށް ގެންގޮސް "ފޮރުވައިފި" ކަމަށް އީރާނުގެ ސަރުކާރުގެ އޮފިޝަލަކު ބުނެފިއެވެ.

އިޒްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، ހިޒްބުﷲގެ މައި މަރުކަޒަށް ދިން ހަމަލާއެއްގައި ހަސަން ނަސްރުﷲގެ އިތުރުން އެ ޖަމާޢަތުގެ އިސް ބޭފުޅުންތަކެއް ވަނީ އަވަހާރަވެފައެވެ. މީގެތެރޭގައި އެ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލްވެސް ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން، އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ ރައްކާތެރި ތަނަކަށް ގެންދިޔައީ އިޒްރާއީލުން ދީފާނެ ހަމަލާއަކުން ސަލާމަތް ކުރުމަށް ކަމަށް ބެލެވެއެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އީރާނުގައި ހުއްޓައި ދިން ހަމަލާއެއްގައި އަވަހާރަ  ވެފައިވާކަން ފާހަގަ ކުރެވެއެވެ.

އީރާނުގެ ސަރުކާރުގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި، މި ވަގުތު އީރާނުން ދަނީ މެދުއިރުމަތީގައި ހަރަކާތްތެރިވާ އެ ޤައުމުގެ ޕްރޮކްސީ ހަނގުރާމަވެރި ގްރޫޕްތަކާ ވަކިވަކިން ބައްދަލުކޮށް، މަސްރަޙު އޮތް ގޮތް ދެނެގަންނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *