ލަންކާގެ ރިޔާސީ އިންތިޚާބު: ސިޔާސީ ވަރުގަދަ ލީޑަރުން ބަލިކޮށް ލަންކާގެ ރައީސް ކަމަށް ޑިސަނަޔަކަ

ލަންކާގެ ރިޔާސީ އިންތިޚާބު: ސިޔާސީ ވަރުގަދަ ލީޑަރުން ބަލިކޮށް ލަންކާގެ ރައީސް ކަމަށް ޑިސަނަޔަކަ

ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ނެޝަނަލް ޕީޕަލްސް ޕާޓީ (އެންޕީޕީ) އެލަޔަންސްގެ ކެންޑިޑޭޓް އަނޫރާ ކުމާރަ ޑިސަނަޔަކަ ކާމިޔާބު ކުރައްވައިފި ކަމަށް އެގައުމުގެ ނޫސް ތަކުން ރިޕޯޓުކޮށްފިއެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17.1 މިލިއަން މީހުންގެ ތެރެއިން 76 ޕަސެންޓު ވޯޓުލާފައިވެއެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި 38 ކެންޑިޑޭޓަކު ވަނީ ވާދަކޮށްފައެވެ. އޭގެތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ލިބިފައިނުވެއެވެ. އެހެންވެ، ވަނީ ދެވަނަ ބުރަށް ވޯޓު ގުނައިފައެވެ. މިއީ ލަންކާގެ ތާރީހުގައި ، ދެވަނަ ބުރަށް ވޯޓު ގުނަން ޖެހުނު ފުރަތަމަ ފަހަރެވެ.

ލަންކާގައި ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު، ތިން ކެންޑިޑޭޓަކު ހިޔާރު ކުރާނެ އެވެ. އެގޮތުން އެންމެ ކަމުދާ ކެންޑިޑޭޓެއްގެ ނަމުގެ ކައިރީގައި 1، ދެވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓެއްގެ ނަމުގެ ކައިރީގައި 2 އަދި ތިން ވަނަ ކެންޑިޑޭޓުގެ ނަމުގެ ކައިރީގައި 3 ޖެހޭނެ އެވެ.

ދެވަނަ ބުރުގައި ވޯޓު ގުނިއިރު ބަލައިފައިވަނީ، އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި އެހެން ކެންޑިޑޭޓުން ޚހިޔާރުކޮށްފައިވާ ވޯޓު ކަރުދާސްތަކުގައި ދެވަނައަށް ނުވަތަ ތިންވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓުގެ ގޮތުގައި ޑިސަނަޔަކަ ނުވަތަ ޕްރަމަދާސަ ހިޔާރުކޮށްފައިވޭތޯ އެވެ. އެގޮތުން ހިޔާރުކޮށްފައިވާ ނަމަ އެއީ އެ ކެންޑިޑޭޓަކަށް ލިބޭ ވޯޓެއްގެ ގޮތުގައި ގުނަ އެވެ.

އެގޮތަށް ވޯޓު ގުނުމަށް ފަހު ލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިސަނަޔަކަ ކަން އިއުލާންކޮށްފައެވެ. މާދަމާ އޭނާ ވެރިކަމުގެ ހުވާ ކުރައްވާނެ ކަމަށް ލަންކާގެ ނޫސް ތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

2019 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ޑިސަނަޔަކަ ވާދަކުރެއްވިއެވެ. އެފަހަރު އޭނާއަށް ލިބިވަޑައިގަތީ ތިން ޕަސެންޓް ވޯޓެވެ. އަދި ގާނޫނު ހަދާ މަޖިލީހުން އެ ޕާޓީއަށް ނިސްބަތްވަނީ ތިން ގޮނޑިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައަށް ލިބިވަޑައިގަތީ 17.27 ޕަސެންޓު ވޯޓެވެ. ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވެވަޑައިގެންނަވާ ނާމަލްއަށް ތަރުހީބު ވަރަށް ކުޑައެވެ. އޭނާއަށް ލިބިފައިވާ ކަމަށް ދައްކަނީ އެންމެ 2.57 ޕަސެންޓް ވޯޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *