ކާރު ޓެކްސީ ލައިސަންސް ހޯދަން ސެންޓަރެއްްގައި ލިސްޓު ކުރަންޖެހޭގޮތަށް ހަމަޖައްސައިފި

ކާރު ޓެކްސީ ލައިސަންސް ހޯދަން ސެންޓަރެއްްގައި ލިސްޓު ކުރަންޖެހޭގޮތަށް ހަމަޖައްސައިފި

ކާރު ޓެކްސީ ލައިސަންސް ހޯދުމަށްޓަކައި ޓެކްސީ ސެންޓަރެއްްގައި ލިސްޓު ކުރަންޖެހޭގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިއޮތަށް ނިންމީ ޓެކްސީ ގަވާއިދަށް ބަދަލުގެނަސްގެންނެވެ.

މިހާތަނަށް އަމަލު ކުރަމުން އައި ގަވާއިދުގައި ވާގޮތުން ކާރު ޓެކްސީ ލައިސަންސް ހޯދަން ކޮންމެހެން ޓެކްސީ ސެންޓަރެއްގައި ލިސްޓް ކުރާކަށް ނުޖެހެއެވެ.

އެގޮތުން ކާރު ޓެކްސީ ލައިސަންސްއަށް އެދި ހުށަހަޅާ ފޯމުގައި، ހަތަރު ޝަރުތެއް ފުރިހަމަ ވާނަމަ، 14 ދުވަހުގެ ތެރޭގައި ކާރު ޓެކްސީ ލައިސަންސް ދޭންޖެހޭނެ ކަމަށް ގަވާއިދުގައި އޮތޯ ކަނޑައަޅައިފައެވެ.

ކާރު ޓެސްސީ ލައިސަސްއަށް އެދޭ ފަރާތުގެ ހުންނަންޖެހޭ ޝަރުތުތައް:

އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ “1B “ކެޓަރީގެ އުޅަނދަކަށް ވުން
އުޅަނދުގެ އަހަރީ ފީ ދައްކާފައިވުން
ރޯޑްވާދިނަސްގެ މިންގަނޑަށް ފެތޭ އުޅަނދަކަށްވުން
ތާޑް ޕާޓީ އިންޝުއަރެންސް ލިބިފައިވާ އުޅަނދަކަށް ވުން

ނަމަވެސް ލައިސަންސް ދޫކުރަން އެދޭ އުޅަނދަކީ ލައިސަންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދަކަށް ވާންޖެހޭނެ ކަމަށް، ފަސް ވަނަ ޝަރުތެއްގެ ގޮތުގައި، މިދިޔަ ހަފްތާގައި ޓެކްސީ ގަވާއިދަށް ބަދަލުގެނެސް، ފަސް ވަނަ ޝަރުތެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައެވެ.

ގަވާއިދަށް ގެނައި އިތުރު ބަދަލެއްގެ ގޮތުގައި، ކާރު ޓެކްސީ ލައިސަންސަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކުގެ ތެރޭގައި، އެ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި
ލިސްޓުކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން ހުށަހަޅަންޖެހޭގޮތަށްވެސް މިދިޔަ ހަފްތާފައި ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ހިމަނައިފައެވެެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *