ކުޑަދޮރުގެ ބިއްލޫރިގަނޑު މަގަށް ވެއްޓި މީހަކަށް އަނިޔާވެއްޖެ

ކުޑަދޮރުގެ ބިއްލޫރިގަނޑު މަގަށް ވެއްޓި މީހަކަށް އަނިޔާވެއްޖެ

މާލޭ ގެއެއްގެ މަތިން ކުޑަދޮރެއް މަގުމައްޗަށް ވެއްޓި، ބިއްލޫރިގަނޑެއް ތަޅައިގެން ގޮސް މީހަކަށް މިރޭ އަނިޔާވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ އެ ހާދިސާ ހިނގައިފައިވަނީ ޖަހާމުގުރި ގޯޅީގައެެވެ. އެގޮތުން އެ ގޯޅީގައި ހުރި ގެއެއްގެ ހަވަނަ ފަންގިފިލާގެ ކުޑަދޮރެއް ވެއްޓި ރިޕޯޓުކޮށްފައިވަނީ މިރޭ 19:12 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވީ އެ ވަގުތު ސައިކަލެއް ޕާކުކުރަން އުޅުނު މީހަކަށް ކަމަށާއި އެގޮތުން ބިއްލޫރިގަނޑު ވެއްޓި ތަޅައިގެން ގޮސް އޭނާގެ ގަޔަށް ބިއްލޫރިތައް ބުރީކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަސް ވެސް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *