3.5 ކިލޯ ޑްރަގްސްއާއެކު ރާއްޖެއައި ދިވެއްސަކު އަތުލައިގެންފި

3.5 ކިލޯ ޑްރަގްސްއާއެކު ރާއްޖެއައި ދިވެއްސަކު އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަަށް 3.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން މިރޭ ބުނީ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ރާއްޖެ އައި އެއާކާގޯ ޝިޕްމަންޓަކާއި، މެލޭޝިއާ އެއާލައިންސް ފްލައިޓް ނަންބަރު 485MH އިން ދަތުރުކުރި ފަސިންޖަރެއްގެ އަތުން ކަމަށެވެ.

އޭނާ އަތުން އަތުލައިގަތް ޑްރަގްސްގެ ބަރުދަނުގައި 3.5 ކިލޯ ހުރި ކަމަށެވެ.

އޭނާގެ އަތުން ފެނުނު ތަކެތި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭތީ ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން އެ ތަކެތީގެ ޓެސްޓު ހެދިއިރު 3 ބާވަތަކަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

އަތުލައިގަތް މަސްތުވާތަކެތި

ބަރުދަނުގައި 3،058 ގްރާމުގެ ހެރޮއިން

315 ގްރާމުގެ މެތުއެމްފެޓަމިން

215 ގްރާމުގެ ސިންތެޓިކް ކެތިނޯން

ކަސްޓަމުން ބުނި ގޮތުގައި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން އެ މީހާ އާއި އަތުލައިގަތް ޑްރަގްސް ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *