ބެލެނިވެރިންގެ އަތުން ފައިސާ ނަގައިގެން ޓީޗަރުންގެ ދުވަސް ފާހަގަ ނުކުރުމަށް އަންގައިފި

ބެލެނިވެރިންގެ އަތުން ފައިސާ ނަގައިގެން ޓީޗަރުންގެ ދުވަސް ފާހަގަ ނުކުރުމަށް އަންގައިފި

ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބެލެނިވެރިންގެ އަތުން ފައިސާ ނުހޯދަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު ފަސްވަނަ ދުވަހަކީ ޓީޗަރުންގެ ދުވަހެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ޓީޗަރުންގެ ދުވަސް ފާހަގަކުރަންވީ ގޮތުގެ އިރުޝާދުދީފަ އެވެ. . އޭގެ ތެރޭގައި އެ ދުވަސް ފާހަގަކުރަން ދަރިވަރުން އަދި ބެލެނިވެރިން އަތުން ފައިސާ ނުނެގުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ

ސާކިއުލާގައި އަންގާފައިވާ ކަންކަން

1. އަގުބޮޑު ހަފްލާތަކަށްވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސް ފާހަގަ ކުރުން.

2. ޓީޗަރުންގެ ދުވަސް ފާހަގަ ކުރަން އަންނަ މަހުގެ 6 އާއި 10 އާ ދެމެދު ވަކި ދުވަހެއް ކަނޑައެޅުން

3. ހުރިހާ ހަރަކާތްތަކެއް އެއް ދުވަހެއްގެ ތެރޭގައި ބޭއްވުން

4. ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުވާގޮތަށް އެސެމްބްލީއެއް ބޭއްވުން

5. ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގުނުވާ ގޮތަށް ހަރަކާތްތައް ގެންދިއުން

6. ރަށުން ބޭރުގައި ހަރަކާތްތައް ކުރިއަށް ނުގެންދިއުން

7. ދަރިވަރުން އަދި ބެލެނިވެރިންގެ ފަރާތުން ވަކިވަކި ޓީޗަރުންނަށް ހަދިޔާ ނުދިނުން

8. ޓީޗަރުންގެ ގަދަރާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އެ ދުވަހުގެ ހަރަކާތްތައް ހިންގުން

 

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ޓީޗަރުން ކުރާ އަގުހުރި މަސައްކަތުގެ އަގު ވަޒަން ކުރުމާ އެކު، ޓީޗަރުންގެ މުހިންމު ކަމާއި ގައުމު ބިނާކުރުމުގައި ޓީޗަރުންގެ ދައުރު ދަރިވަރުންނާއި މުޖުތަމައުއަށް ފޯރުކޮށްދިނުން ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *