ފެނަކަ ޑީއެމްޑީގެ މަގާމުން ވަކިކުރި ނާއިފް ވެމްކޯގެ ޑީއެމްޑީގެ މަގާމަށް އައްޔަން ކޮށްފި

ފެނަކަ ޑީއެމްޑީގެ މަގާމުން ވަކިކުރި ނާއިފް ވެމްކޯގެ ޑީއެމްޑީގެ މަގާމަށް އައްޔަން ކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުން ވަކިކުރި އިބްރާހިމް ނާއިފު، ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑީއެމްޑީގެ މަގާމަށް އައްޔަންކޮށްފިއެވެ.

ވެމްކޯގެ ޑީއެމްޑީގެ މަގާމަށް ނާއިފު ހަމަޖެއްސިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަދި އާންމެއް ނުކުރެއެވެ. ނަމަވެސް ވެމްކޯގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ވަނީ ނާއިފު އެ މަގާމަށް އައްޔަންކުރުމުން މަރުހަބާ ކިޔައިފައެވެ. އޭނާ އައްޔަންކުރީ ސީދާ ކޮން ދުވަހަކު ކަމެއް އަދި ނޭނގެއެވެ.

ފެނަކައިގެ ޑީއެމްޑީގެ މަގާމުން ނާއިފު ވަކިކުރީ 8 އޮގަސްޓް 2024 ގައެވެ. އޭނާ އާއެކު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަހީރާއި ބޯޑު މެމްބަރުގެ ގޮތުގައި ހުންނެވި އަހުމަދު އީހާބު ވެސް އެ ދުވަހު ވަކިކުރިއެވެ. ނަމަވެސް އެ ބޭފުޅުން ބޯޑުން ވަކިކުރި ސަބަބެއް ޕީސީބީ އިން ނުބުނެއެވެ.

ނާއިފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ކެމްޕޭން ތެރޭގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *