ގަދަބާރުން ހިޔާ ފުލެޓެއްގައި އަންހެނަކު ގެންގުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ގަދަބާރުން ހިޔާ ފުލެޓެއްގައި އަންހެނަކު ގެންގުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ހިޔާ ފުލެޓުގައި ގަދަބާރުން ގެންގުޅުނު އަންހެނަކު ސަލާމަތްކޮށް، އެމައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓެއްގެ އެޕާޓްމެންޓެއްގައި ސަލާމަތް ކުރުމަށް އަންހެނަކު ގޮވައި، ރޯ އަޑު އިވޭތީ، ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ފުލުހުން އެއެޕާޓްމެންޓްގެ ދޮރު ހުޅުވުން ބުނުމުން، ފިރިހެނަކު ދޮރު ހުޅުވުމަށްފަހު، ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރުލައްޕައި ތަޅުލާފައިވާ ކަމަށް ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

‎އެގޮތަށް ތަޅުލުމުން ވެސް އަންހެން މީހާ ސަލާމަތަށް އެދި ހަޅޭލަވާތީ ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް ދޮރު ހުޅުވާފައިނުވާތީ ބާރުގެ ބޭނުން ކޮށްގެން ދޮރު ހުޅުވައި، އަންހެން މީހާ ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

‎މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ މާލެ/ހ. ލާމިޔާ، އަހުމަދު އުވެއިސް (20އ) އަދި މޭލެ، މއ. ތްރީ މޫންސް، މުހައްމަދު މުމީތް (39އ) ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *