ސީ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ކާރެ ޓޯކުރަން އުޅުމުން ކާރުން ނުފައިބައި ކާރު ލޮކްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ސީ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ކާރެ ޓޯކުރަން އުޅުމުން ކާރުން ނުފައިބައި ކާރު ލޮކްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ސީ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ކާރެއް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެ ކާރު ހުއްޓުވައި ޓޯކުރަން އުޅުމުން، ކާރު ނުފައިބައި ކާރު ލޮކްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިހެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި، ސިތުރާ، ހަސަން ސައީދު 38އ ކަމަށެވެ.

ފުލުހުން މިރޭ ބުނީ ރޭ ދަންވަރު ފުލުހުން ވީސީފީގައި ހަރަކާތްތެރިވަމުން ދިޔައިރު ބާރު ސްޕީޑުގައި ދުއްވި ކާރެއް ހުއްޓުވައިފައިވާ ކަމަށެވެ. ކާރު ދުއްވަން އިން ހަސަން ސައީދުގެ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ބުންޏެވެ.

"ލައިސަންސް ނެތި ކާރު ދުއްވުމުން އަދި ސައްހަ ނޫން ނަންބަރު ޕްލޭޓް ކާރުގައި ހަރުކޮށްފައިވާތީ ފުލުހުން އެ ކާރު ޓޯ ކުރަން އުޅުމުން ފުލުހުންނަށް އެއްބާރުން ނުދޭނެ ކަމާއި ކާރުން ނުފައިބާނެ ކަމަށް ބުނެ ކާރު ލޮކްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން ބާރުގެ ބޭނުން ކޮށްގެން އޭނާ ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *