އަންނަ ހޯމަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ ދެވަނަ ޖަލްސާއެއް ބާއްވަން ނިންމައިފި

އަންނަ ހޯމަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ ދެވަނަ ޖަލްސާއެއް ބާއްވަން ނިންމައިފި

އަންނަ ހޯމަ ދުވަހު ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

އެ ޖަލްސާގައި މިހާތަނަށް އެޖެންޑާ ކޮށްފައި ވަނީ އެއްމެ މަސައްކަތެކެވެ. އެއީ ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ވެސް ވަނީ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިފައެވެ.

އެ ޖަލްސާއަކީ ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ބޭއްވި ޖަލްސާއެކެވެ.

އެ ޖަލްސާގައި އޮތީ، ޕީޖީ ގެ މަގާމަށް، އައްބާސް ޝަރީފު އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި، ސިޓީފުޅު މަޖިލިސް ތަޅުމަށް އިއްވުމަށްފަހު، އެ ނަން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމެވެ.

އައްބާސް ޝަރީފް މިހާރު ހުންނެވީ، ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓްގެ މަގާމުގައެވެ.

އޭގެ އިތުރުން މަޖިލީހަށް ތައާރަފް ކުމުގެ ގޮތުން، ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުންވެސް ބުދަދުވަހުގެ ރޭގެ ޖަލްސާގައި އޮތެވެ. އެރޭގެ ޖަލްސާ ބާއްވާފައި ވަނީ، ޕީޖީގެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވާ މުއްދަރު، އެދުވަހުގެ މެންދުރު 12:00 އަށް ހަމަވެފައި ވަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *