ސައްޙަ ނޫން ބަޔާނެއްގެ މައްސަލައިގައި ތޮއްޔިބުގެ ފޯނު ފުލުހުން ހިފަހައްޓައިފި

ސައްޙަ ނޫން ބަޔާނެއްގެ މައްސަލައިގައި ތޮއްޔިބުގެ ފޯނު ފުލުހުން ހިފަހައްޓައިފި

ފުލުހުންގެ ސައްޙަ ނޫން ބަޔާނެއް ދައުރުކުރި ކަމަށް ބުނާ މައްސަލައެއްގައި ސޯޝަލް މީޑިޔާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމްގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ސައްހަ ނޫން ބަޔާނެއް ފުލުހުންގެ ނަމުގައި ދައުރު ކުރަމުންދާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ބައެއް ސާމާނު ހިފަހައްޓާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައިވެސް ތޮއްޔިބު އޭރު ގެންގުޅުން ސިމް ފުލުހުން ކްލޯން ކުރިއެވެ. އެއީ ކޯޓު އަމުރެއްގެ ދަށުން ދިރާގުން ފުލުހުންނަށް ފަހިކޮށްދިން ކަމެކެވެ. އަދި އޭރުވެެސް ތޮއްޔިބުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފެހެއްޓިއެވެ. ތޮއްޔިބު އޭރު ގެންގުޅުން ސިމް ފުލުހުން ކްލޯން ކުރިއެވެ. އެއީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި ސަރުކާރު ވެރިކަމަށް އައިސް، ތޮއްޔިބަށް ސްޓެލްކޯގެ ބިއުރޯގެ ސާވިސް ސުޕަވައިޒަރުގެ މަގާމު ދިން ނަމަވެސް، މަހެއްހާ ދުވަސް ފަހުން އެ މަގާމުން އޭނާ ވަކިކުރިއެވެ. އޭނާ ވަނީ މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް އަދާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *