ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި މީހަކު 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި މީހަކު 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި މީހަކު 10 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކުރިމިނަލް ކޯޓުން މިހުކުމް ކޮށްފައި ވަނީ ހދ. ނޮޅިވަރަންފަރު ޝެހެނާޒް މުހައްމަދު އަލީގެ މައްޗަށެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ހުކުމްގައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުން، މުހައްމަދު ޢަލީ ކުށްވެރިވެއްޖެކަމަށް ކަނޑައަޅާ ކަމަށެވެ.

މި ކުށުގެ އުޤޫބާތެއްގެ ގޮތުން މުހައްމަދު އަލީ10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށް ހުކުމްގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *