ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް

ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް

ނ. ހޮޅުދޫގައި މަރުވެފައި އޮތް ދިވެހި އަންހެން މީހާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ތަހުގީގު ޓީމުގެ ހާއްސަ ޓީމެއް މިއަދު އެ ރަށަށް ފުރައިފި އެވެ.

ފުލުހުން މިއަދު ބުނީ ހޮޅުދޫއިން ޒަޚަމް ތަކަކާއެކު މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:10 ގައި ކަމަށެވެ. އަދި ހަމަ އެވަގުތު ފުލުހުން ވަނީ ސީނަށް އެޓެންޑުވެފައި ކަމަށެވެ. މަރުވި ޒަކިއްޔާ ހޮޅުދޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެފަހުން ފުލުހުން ދެންމެ ބުނީ "މި މައްސަލަ ތަހުގީގު ކުރުމަށް މާލެއިން ހާއްސަ ތަހުގީގު ޓީމެއް ހޮޅުދޫއަށް ދިޔުމަށް މިހާރު ވަނީ ފުރައިފައި" ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އެ ރަށު ނިއުލައިފްގޭގެ ޒަކިއްޔާ މޫސާ (50އ) އެވެ. އޭނާގެ ފިރިއަކާއި ދެ ފިރިހެން ކުދިން ތިިބިއިރު، ދޮށީ ފިރިހެން ދަރިފުޅު ދިރިއުޅުނީ އޭނާއާއެކުގަ އެވެ.

"މާލޭ ޓައިމްސް" އަށް އެނގިފައިވާ ގޮތުގައި ޒަކިއްޔާގެ ހަށިގަނޑު ފެނުނުއިރު ކައިރީގައި މަސްކަނޑަން ގެންގުޅޭ ޒާތުގެ ބޮޑުވަޅިއެއްވެސް އޮތެވެ. އަދި އޭނާގެ ކަރުގައި ފުން ޒަޚަމް ތަކެއް ހުރިއިރު ގިނަ އަދަދެއްގެ ލޭ އެ ސީނުގައި ހުއްޓެވެ. ފުލުހުންގެ ފޮރެންސިކުން ވަނީ އެ ސީންގައި ހަރަކާތްތެރިވެފަ އެވެ.

"މާލޭ ޓައިމްސް" އަށް އެނގިފައިވާ ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އެ ގެއަށް ކުނިނަގަން ދިޔަ މީހަކަށެވެ. އެއީ އެ ރަށު މުނިސިޕަލް ޚިދުމަތުގެ މުވައްޒަފެކެވެ.

"ޒަކިއްޔާ ވެއްޓިފައި އޮތީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަން ކައިރިއަށް" ހޮޅުދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *