ހޮޅުދޫ މަރު: ޒަކިއްޔާގެ ހަށިގަނޑު ކައިރީ އޮތީ މަސްކަނޑާ ބޮޑު ވަޅިއެއް، ކަރުގައި ފުން ޒަޚަމް ތަކެއް

ހޮޅުދޫ މަރު: ޒަކިއްޔާގެ ހަށިގަނޑު ކައިރީ އޮތީ މަސްކަނޑާ ބޮޑު ވަޅިއެއް، ކަރުގައި ފުން ޒަޚަމް ތަކެއް

ނ. ހޮޅުދޫގައި މަރުވެފައި އޮތްވައި ފެނުނު ޒަކިއްޔާ މޫސާގެ ކަރުގައި ފުން ޒަހަމް ތަކެއް ހުރިކަން އެނގިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހޮޅުދޫއިން ޒަޚަމް ތަކަކާއެކު މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:10 ގައި ކަމަށެވެ. އަދި ހަމަ އެވަގުތު ފުލުހުން ވަނީ ސީނަށް އެޓެންޑުވެފައި ކަމަށެވެ. މަރުވި ޒަކިއްޔާ ހޮޅުދޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

މަރުވި ޒަކިއްޔާއަކީ އެ ރަށުގެ ނިއު ލައިފް ގޭގެ ރަޖިސްޓްރީ އޮންނަ މީހެކެވެ. ޒަކިއްޔާގެ އުމުރަކީ 50 އަހަރެވެ. ޒަކިއްޔާގެ ދެ ކުއްޖަކާއި ދެ މާމަ ކުދިން އަދި ފިރިއެއްވެސް ހުރެއެވެ.

"މާލޭ ޓައިމްސް" އަށް އެނގިފައިވާ ގޮތުގައި ޒަކިއްޔާގެ ހަށިގަނޑު ފެނުނުއިރު ކައިރީގައި މަސްކަނޑަން ގެންގުޅޭ ޒާތުގެ ބޮޑުވަޅިއެއްވެސް އޮތެވެ. އަދި އޭނާގެ ކަރުގައި ފުން ޒަޚަމް ތަކެއް ހުރިއިރު ގިނަ އަދަދެއްގެ ލޭ އެ ސީނުގައި ހުއްޓެވެ. ފުލުހުންގެ ފޮރެންސިކުން މިހާރު ދަނީ އެ ސީންގައި ހަރަކާތްތެރި ވަމުންނެވެ.

"މާލޭ ޓައިމްސް" އަށް އެނގިފައިވާ ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އެ ގެއަށް ކުނިނަގަން ދިޔަ މީހަކަށެވެ. އެއީ އެ ރަށު މުނިސިޕަލް ޚިދުމަތުގެ މުވައްޒަފެކެވެ.

"ޒަކިއްޔާ ވެއްޓިފައި އޮތީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަން ކައިރިއަށް" ހޮޅުދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *