ގާމަގު ކެފޭ އަލިފާނުގެ ހާދިސާއާ ގުޅިގެން 22 ދިވެހިން ހާލުގައި ޖެހިއްޖެ

ގާމަގު ކެފޭ އަލިފާނުގެ ހާދިސާއާ ގުޅިގެން 22 ދިވެހިން ހާލުގައި ޖެހިއްޖެ

ހެންވޭރުގައި ހުންނަ ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 22 ދިވެހިން ހާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން މިރޭ ބުނެފި އެވެ.

އެންޑީއެމްއޭއިން އެކްސްގައި މިރޭކުރި ޕޯސްޓެއްގައި ބުނީ އަލިފާނުގެ ހާދިސާގައި ޖުމްލަ 37 މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ. އެއީ 22 ދިވެހިންނާއި 15 ބިދޭސީން ކަމަށެވެ.

އެ އެންމެނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ގާމަގު ކެފޭގައި އަލިފާން ރޯވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. އެމްއެންޑީއެފުން ވަނީ ކެފޭގައި ރޯވި އަލިފާންގަނޑު މިއަދު އިރުއޮއްސުނު އެހާކަންހާއިރު ނިއްވާލައިފަ އެވެ.

ފުލުހުން ބުނީ ކެފޭގައި އަލިފާން ރޯވި ވަގުތު މަގުމަތީގައި ތިބި ދެ މީހަކަށް ދުމުގެ އަސަރު ކޮށްފައިވާތީ ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ބިދޭސީ އަންހެނަކާއި ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ދެ މީހުންނަށް ވެސް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *