ދަށު ކޯޓުތަކުން ޖޭއެސްސިއަށް އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުމް ޖޭއެސްސީގެ މެންބަރު ކަމަށް ފަރުހާދު އައްޔަން ކުރައްވައފި

ދަށު ކޯޓުތަކުން ޖޭއެސްސިއަށް އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުމް ޖޭއެސްސީގެ މެންބަރު ކަމަށް ފަރުހާދު އައްޔަން ކުރައްވައފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން، ގދ. ފިޔޯރީ، ލަންސިމޫގެ އަލްއުސްތާޒް ފަރުހާދު ރަޝީދު، ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފިއެވެ.

ފަރުހާދު މި މަގާމަށް އައްޔަނު ކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ފަރުހާދު، މި މަގާމަށް އައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި، ގާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ފަރުހާދު ވަނީ، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ.

ފަރުހާދަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އަލީ ރަޝީދު ހުސައިންއެވެ. އަދި ހުވައިގެ އިގްރާރުގައި ފަރުހާދު ވަނީ ސޮއިކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ފަރުހާދާ ޙަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ.

ފަރުހާދު 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ. ފަރުހާދު ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލާސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *