ކަޅުބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީ ބަޔަކު ގިނަ އަދަދެއްގެ ފައިސާއާއި ކްރެޑިޓް ކާޑު ތަކަކާއެކު އަތުލައިގެންފި

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީ ބަޔަކު ގިނަ އަދަދެއްގެ ފައިސާއާއި ކްރެޑިޓް ކާޑު ތަކަކާއެކު އަތުލައިގެންފި

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީ ގްރޫޕެއް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިރޭ ބުނީ، ޓާސްކް ފޯސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ރެއިޑެއްގައި ވަނީ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އެއީ ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރަމުންދިޔަ ފަސް ބިދޭސީއަކު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"މި ރެއިޑުގައި ގަވާއިދާ ޚިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ފަސް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި. އަދި މި މީހުން އަތުން އެތައް ލައްކަ ފައިސާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ވަނީ ފެނިފައި" އިމިގްރޭޝަނުން ބުންޏެވެ.

އެ ބިދޭސީންގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *