މއ. އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައި ރޯވި އަލިފާން ގަނޑު ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ސިފައިންގެ މަސައްކަތުން އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަަށެވެ.
އެ ހާދިސާގައި މީހަކަަށް އަނިޔާ ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެގޭގެ ތިންވަނަ ފްލޯ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.