ގޭގައި އުފައްދާ ކާބޯތަކެތި ވިޔަފާރީގެ އުސޫލުން ވިއްކާ ނަމަ، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ތަމްރީނެއް ފުރިހަމަކޮށް، ރަޖިސްޓްރީ ކުރަން ލާޒިމްވާ ގޮތަށް ކާބޯތަކެތި އުފައްދައި، ވިއްކުމުގެ އުސޫލު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އާންމުކޮށްފިއެވެ.
އެމްއެމްއެފްޑީއޭއިން މިރޭ ވަނީ "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު" އަދި ވަނީ "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު" "ދިރިތި" ޕޯޓަލްގަ އާއި ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.
އޭގެ ތެރެއިން "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު"ގައިވާ ގޮތުން ކާބޯތަކެތި ތައްޔާރު ކުރާ ވަގުތު ކަމާ ނުގުޅޭ މީހުން ބަދިގެއަށް ވައްދައިގެންނުވާނެ އެވެ. އަދި ގޭގައި ކާބޯތަކެތި އުފެއްދުމަށް އިންޑަސްޓްރިއަލް އަވަން ފަދަ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދަން ގެންގުޅޭ އާލާތްތައް ބޭނުން ކޮށްގެންނުވާނެ އެވެ.
ކާބޯތަކެތި އުފެއްދުމުގައި އަމަލު ކުރަން ޖެހޭ މިންގަނޑުތައް:
. ވަހާއ،ި ދުމާއ،ި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ސިއްޙަތަށް ނުރައްކާ ވެދާނެ ފަދަ
މަސައްކަތަކަށް ނުވުން
. ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުން ނުކުރުން
. މި މިންގަނޑުގެ ދަށުން ކާބޯތަކެތި ތައްޔާރުކުރާ ފަރާތަކ "ބޭސިކް ފުޑް ސޭފްޓ ކޯސް" ފުރިހަމަކޮށްފައިވާ
ފަރާތެއް ކަމުގައިވުން ނުވަތަ މި އޮތޯރިޓން ހިންގާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތެއް ކަމުގައިވުން
. ކާބޯތަކެތި ތައްޔާރުކުރާ ވަގުތުތަކުގައި ކަމާއިނުގުޅޭ މީހުން ބަދިގެއަށް ނުވެއްދުން
– ކާބޯތަކެތި ވިއްކަން ބަހައްޓާއިރު އެތަކެތި 'ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑާ އެއްގޮތަށް ލޭބަލްކުރުން
– މުއްދަތު ހަމަވާ ތާރީހު 24 ގަޑިއިރަށްވުރެ އިތުރުނުވާ ކާބޯތަކެތީގެ ތެރެއިން ވަކިވަކި އުފެއްދުމުގައި ލޭބަލް
"އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު"ވާގޮތުން ކާބޯތަކެތި އުފައްދައި ވިއްކުމުގެ ހުއްދަ ދެން ލިބޭނީ އެ މިންގަނޑަށް ފެތޭ ފަރާތްތަކަށް އެކަންޏެވެ.