ލޯބިވެރިޔާ ރަހީނުކުރި އަތުހަރު ކަސްޓޯޑިއަލްގައި އަމިއްލައަށް މަރުވާން އުޅުމުން ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެނީ

ލޯބިވެރިޔާ ރަހީނުކުރި އަތުހަރު ކަސްޓޯޑިއަލްގައި އަމިއްލައަށް މަރުވާން އުޅުމުން ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެނީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނު ކުރި އާދަމް އަތުހަރު، 32 ފުލުހުންގެ ކަސްޓޯޑިއަލްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ސަބަބުން ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާތީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ މަރުނުވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ދެގަޑިއިރު ފަހުން ފުލުހުން އަނެއްކާ ބުނީ އަތުހަރުގެ ހާލު ސީރިއަސްވުމުގެ ސަބަބުން އައިޖީއެމްއެޗުގެ އައިސީޔޫއަށް ބަދަލުކޮށް، ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަށައިފައިވާ ކަމަށެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީީ)އާއި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ދަނީ އަހުތަރު އަމިއްލައަށް މަރުވާން އުޅުނު މައްސަލަ ތަހުގީގު ކުރުމަށް ދޫނިދޫ ކަސްޓޯޑިއަލްގައި ހަރަކާތްތެރިވަމުންނެވެ.

އެނގިފައިވާ ގޮތުގައި އަތުހަރު ދަންޖެހިފައި ހުއްޓާ ސަލާމަތްކޮށްގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ކަރުގައި ވަޅި ޖައްސައިގެން އަތުހަރު ރަހީނު ކުރީ އޭނާގެ ލޯބިވެރިޔާއެވެ. އެ އަންހެން މީހާ ރަހީނު ކުރުމުން، އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަންހެން މީހާ ދުއްވަން އިން ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާ ދިނުމުން އަނިޔާވިއެވެ.

ނަމަވެސް އޭރު ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލުން އަތުހަރު ދޫކޮށްލީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ދޫކޮށްލުމުން ހައްޔަރު ކުރިއެވެ. ނަމަވެސް ހޮޑުލާތީ އައިޖީއެމްއެޗަށް ގެންގޮސް، ހާލަތު އިތުރަށް ބެލުމަށްޓަކައި ރޭގެ ވަގުތެއްގައި އެޑްމިޓް ކުރިއެވެ. އައިޖީއެމްއެޗުން ދޫކުރުމުން އަތުހަރު އަނެއްކާ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *