އިނާ މޯލްޑިވްސްގެ އޮފީސްތައް ފަޅާލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

އިނާ މޯލްޑިވްސްގެ އޮފީސްތައް ފަޅާލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

އިނާ މޯލްޑިވްސްގެ އޮފީސްތަކެއް ފަޅާލައި، މުދަލަށް ގެއްލުން ދިން މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

އިނާ މޯލްޑިވްސް އިން ހިންގާ އައިލެންޑް ޗޮއިސް، އޭސް ޓްރެވަލްސް އަދި ގަތަރު ކާގޯ އޮފީސް ފަޅާލީ މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެ ތަނުގެ ދޮރު ފަޅާލައި މުދަލަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ދީފައެވެ. އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ހައްޔަރު ކުރީ، ރ. މީދޫ/ ބުލްބުލާގޭ، އަޒްމީލް މުހައްމަދު 40އ އެވެ.

އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެފައިވާ ގޮތުގައި، އެ ކުންފުނީގެ ތިން އޮފީހެއް ފަޅާލި ނަމަވެސް، އެ ތަނުން އަގުހުރި އެއްވެސް މުދަލެއް ގެއްލިފައެއް ނުވެއެވެ. ނަމަވެސް އެ ތަނުގައި ހުރި ވަތްގަނޑުތައް ހާވައި، ބައެއް ލިޔެކިޔުންތައް ވަނީ އުކާލައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *