އެމްބަސީ ތަކުގެ ކައިރިއަށް އެއްވެ ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލި ދެ އަންހެނަކު ހައްޔަރު ކޮށްފި

އެމްބަސީ ތަކުގެ ކައިރިއަށް އެއްވެ ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލި ދެ އަންހެނަކު ހައްޔަރު ކޮށްފި

ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރު ގައުމު ތަކުގެ އެމްބަސީ ތަކުގެ ކައިރިއަށް އެއްވެ ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލި ދެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހައްޔަރު ކޮށްފައި ވަނީ އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒުރާ އިބްރާހިމް ކަމަށެވެ. އެ ދެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ހައްޔަރުކުރި ޝާދިޔާއަކީ ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *