ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ހައިތަމް ސްރީލަންކާގައި ދުއްވުމަށް ގެންގުޅުއްވާ ކާރެއް ގޮއްވާލައިފި އެވެ.
ހައިތަމްގެ ކާރު ގޮއްވާލާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އެއިރު އެ ކާރު އޮތީ މީގެ ދުވަސްކޮޅެއް ކުރިން ދުއްވާފައި ދަނިކޮށް ފަހަތުން ބަހެއް އައިސް ޖެހުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްގައި ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ގަރާޖަކަށް ލައިފަ އެވެ.
ލަންކާގެ ފުލުހުން އެ ހާދިސާއާ ގުޅިގެން ބުނީ ހައިތަމް ކާރު ގޮވީ އޭގައި އެއްޗެއް ހަރުކުރުމުގެ ސަބަބުން ކަމަށެވެ. އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ހައިތަމްއަށް މިހާރު ވަނީ ސެކިއުރެޓީ ހަމަޖައްސާދީފައި ކަމަށް ލަންކާ ފުލުހުން ބުންޏެވެ.