އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރުކަން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަށް ލިބިވަޑައިގެންފިއެވެ.
ޑރ ޝަހީމް މި މަޤާމަށް އައްޔަން ކުރައްވާފައި ވަނީ މިމަހުގެ 8 ވަނަ ދުވަހު އޮތް އެ އެކަޑަމީގެ ބައްދަލުވުމެއްގައެވެ.
ފިގުހު އެކަޑަމީގެ މެމްބަރު ކަމަށް ޑރ ޝަހީމް އައްޔަން ކުރެއްވިއިރު، މީގެކުރިން ޝަހީމް ވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ކަމާއި އެ ޖަމިއްޔާގެ "ވޮއިސް އޮފް ވިސްޑޮމް ސެންޓާ"ގެ ވެރިޔާގެ މަގާމުވެސް އަދާކުރައްވާފައެވެ.
ޑރ. ޝަހީމަކީ އޯއައިސީގައި މިހާތަނަށް ރާއްޖެއިން އެންމެ އިސްމަގާމެއް ފުރުއްވި ފަރާތެވެ.