އިންޑިޔާގެ 78 ވަނަ މިނިވަން ދުވަސް: ޝާހިދުގެ ތަހުނިޔާ އިންޑިޔާގެ ވެރިންނާއި ރައްޔިތުންނަށް

އިންޑިޔާގެ 78 ވަނަ މިނިވަން ދުވަސް: ޝާހިދުގެ ތަހުނިޔާ އިންޑިޔާގެ ވެރިންނާއި ރައްޔިތުންނަށް

އިންޑިޔާގެ 78 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ވެރިންނަށާއި އެ ގައުމުގެ ރައްޔިތުންނަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފޮނުއްވައިފިއެވެ.

78 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާގެ ޕޯސްޓް އެކްސްގައި ކުރައްވަމުން ޝާހިދު ވިދާޅުވީ ކޮންމެ ވަގުތަކުވެސް އިންޑިޔާއަކީ ދިވެހިރާއްޖޭގެ ގާތް އެކުވެރިއެއްކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ. އިންޑިޔާއަކީ ރާއްޖެއަށް ޖެހުނު ކޮންމެ ދަތި ވަގުތަކުވެސް އަދި ތަރައްގީގައިވެސް އަގުނުކުރެވޭ ވަރުގެ އެކުވެރި ގައުމެއްކަން ޝާހިދު ފާހަގަ ކުރައްވާފައިވެއެވެ. ތަރައްގީގެ ދީލަތި އެހީތެރިކަމާއި އިންސާނީ ވަސީލަތްތައް ގާއިމްކޮށް، ތަރައްގީ ކުރުމުގައި އަބަދުވެސް އިންޑިޔާއިން ބަހައްޓަމުން އަންނަ ގާތްގުޅުން ޝާހިދު ފާހަގަ ކުރެއްވިއެވެ.

އިންޑިޔާގެ 78 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން ފޮނުއްވި ތަހުނިޔާގެ މެސެޖަށް އެ ގައުމުގެ އިސްވެރިން ވަނީ ޝާހިދަށް ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *