ކުށްވެރިންނަށް އަދަބު ދޭން އުޅުމުން، ކުށްވެރިޔާ ދިފާއު ކުރަންއުޅޭ އުޅުމަށް ނިމުން ގެންނަންޖެހޭ: އިހުސާން

ކުށްވެރިންނަށް އަދަބު ދޭން އުޅުމުން، ކުށްވެރިޔާ ދިފާއު ކުރަންއުޅޭ އުޅުމަށް ނިމުން ގެންނަންޖެހޭ: އިހުސާން

އެކިއެކި ޖިނާއީ ކުށްތަކަށް އަރައިގަންނަ ކުށްވެރިންނަށް އަދަބު ދޭން އުޅުމުން، ކުށްވެރިޔާ ދިފާއު ކުރާކުރުމަށް ނިމުން ގެންނަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައްކާ ރޯޑް ޝޯއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި މިއަދު ބޭއްވި ޖަލްސާގައި އިހުސާން ވިދާޅުވީ ގާނޫނާހިލާފުވާ މީހުންނަށް ގާނުނުގައި ބުނާ ފިޔަވަޅު ނޭޅޭ ކަމުގައިވަނީނަމަ ކަންކަން ދުވަހަކު ވެސް އިސްލާހުނުވާނެ ކަމަށެވެ.

"ނުކިއްސަރު މަގަކުން ދާ ކުއްޖާއަށް އެ ކުއްޖާއަށް ޕްރޮޓެކްޝަން ދޭން އެ ކުއްޖާ އިތުރަށް ރައްކާތެރިކުރުމުގެ ނިޔަތުގައި އަޅުގަނޑުމެންނަށް ގިނަ ފަހަރު މި ކުރެވޭ މަސައްކަތަކީ އެ ކުއްޖާ ގޯހުގެ ތެރޭ އިތުރަށް ޕުޝްކުރުން. މި ސަގާފަތް އަޅުގަނޑުމެން އިތުރަށް ބަދަލުކުރަންޖެހޭ،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ގާނޫނު ނެގެހެއްޓުމުގެ މަސައްކަތުގައާއި ގާނޫނު ތަންފީޒު ކުރުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އިހުސާން ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އަމާން މާހައުލެއް ގާއިމްކުރަން ބޭނުންވާނަމަ ބައެއް ކަންކަން ދޫކުރަންޖެހޭ ކަމަށާއި އޭގެ ތެރޭގައި ބައެއް ގަބޫލުކުރުންތައް ހިމެނޭ ކަމަށެވެ. އޭގެތެރެއިން އެއް ކަމަކީ ކުށްކުރާ މީހުންނަށް އަދަބު ދިނުމަކީ ބައެއްގެ ހައްގު ނިގުޅައިގަތުން ނޫންކަން ގަބޫލުކުރުން ކަމަށް އިހުސާން ވިދާޅުވި އެވެ.

ކުށްވެރިން ދިފާއުކުރުން ހުއްޓާލުމުން މުޖުތަމައުގައި އަމާންކަން ގާއިމުވެގެންދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *