ޖައިޝަންކަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ޖައިޝަންކަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ޒަމީރުގެ ދައުވަތަކަށް ކަމަށެވެ.

މި ދަތުރުގައި ޖައިޝަންކަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި އިންޑިއާގެ ލޯނު އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތްތައް އޭނާ ބައްލަވައިލައްވާނެ ކަމަށެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ގިނަ މަޝްރޫއުތަކެއް މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ސިޓީއަށް ވެސް ޖައިޝަންކަރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދަތުރު ނިންމަވާލެއްވުމަށްފަހު އޭނާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއިން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *