މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ދިވެހި ބަހުގެ ހަމަތަކަށް ރިއާޔަތް ކުރުން މުހިންމު: މައުމޫން

މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ދިވެހި ބަހުގެ ހަމަތަކަށް ރިއާޔަތް ކުރުން މުހިންމު: މައުމޫން

އެކިއެކި މަގާމު ތަކުގައި ތިއްބަވާ ބޭފުޅުން ވާހަކަ ދައްކަވާއިރު ދިވެހި ބަހުގެ ހަމަތަކަށް ރިއާޔަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން އެކްސްގައި ވިދާޅުވީ އެފަދަ ބޭފުޅުން އާންމު ތަންތަނުގައި ވާހަކަ ދައްކަވާއިރު އެކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ރައީސް މައުމޫން މިފަދައިން ވިދާޅުވީ ކޮންކަމަކާއި ގުޅުވައިގެން ކަމެއް ޕޯސްޓުން ސާފެއް ނުވެއެވެ.

ރައީސް މައުމޫނަކީ އާންމު ގޮތެއްގައި ދިވެހި ބަހުން ވާހަކަފުޅު ދައްކަވާއިރު، ބަހުގެ ގަވައިދު ތަކަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން ވާހަކަފުޅު ދައްކަވާ ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *