މޯލްޑިވިއަންގެ ފްލައިޓުތައް ބަންގާޅަށް އުދުހުން ހުއްޓާލައިފި

މޯލްޑިވިއަންގެ ފްލައިޓުތައް ބަންގާޅަށް އުދުހުން ހުއްޓާލައިފި

ބަންގްލަދޭޝްގެ މަސްރަޙު މިވަގުތު އޮތް ގޮތުން މޯލްޑިވިއަންގެ ފްލައިޓުތައް އެގައުމަށް ދަތުރުކުރުން ވަގުތީ ގޮތުން މިވަގުތަށް ހުއްޓާލައިފިއެވެ.

މޯލްޑިވިއަނުން ބުނީ މިވަގުތު ދަތުރުތައް މެދުކަނޑާލީ އެ ގައުމުގެ ސިޔާސީ މަސްރަޙް އޮތްގޮތުން އެ ގައުމުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކާހުރެ މެދުކަނޑާލަން ޖެހުނީ ކަމަށެވެ. މި ހަމަނުޖެހުންތަކާހުރެ ބަންގްލަދޭޝްގެ އެއާރޕޯޓުވެސް 6 ގަޑިއިރަށް ބަންދު ކުރިއެވެ.

މޯލްޑިވިއަނުން ބުނީ އަބަދުވެސް އެ އެއާރލައިނުން އިސްކަން ދޭނީ ކްރޫއިންނާއި ދަތުރުކުރާ ޕަސިންޖަރުންގެ ސަލާމާތާއި ރައްކާތެރި ކަމަށް ކަމަށެވެ. އަދި ބަންގްލަދޭޝްގެ މަސްރަޙު ވަރަށް ގާތުން އެ ކުންފުނިން ބަލަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

މޯލްޑިވިއަންގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލިއިރު، މޯލްޑިވިއަންގެ ބޯޓު ތަކުން ބަންގްލަދޭޝްގެ ވަރަށްގިނަ މީހުން މިހާރު ދަތުރުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *