ހިސާންގެ ޗެލެންޖު ސަރުކާރަށް: ރައްޔިތުންގެ ތާއީދު އޮތީ ކަތީބު ނިޒާމަށްތޯ ބަލަން ފެންނަ ނުފެންނަ ވޯޓެއް އަވަހަށް ނަގައިދީ

ހިސާންގެ ޗެލެންޖު ސަރުކާރަށް: ރައްޔިތުންގެ ތާއީދު އޮތީ ކަތީބު ނިޒާމަށްތޯ ބަލަން ފެންނަ ނުފެންނަ ވޯޓެއް އަވަހަށް ނަގައިދީ

ރާއްޖޭގައި އަދިވެސް ތާއީދު އޮތީ ކަތީބު ނިޒާމަށް ކަމަށާއި، މިހާރު ވޯޓެއް ނެގިޔަސް އެކަން އެގޮތަށް ފާސްވާނެ ކަމަށް ޕީއެންސީގެ މަޖިލިސް މެމްބަރަކު ވިދާޅުވި ވިދާޅުވުމަށް އެމްޑީޕީގެ ނައިބު ރައީސް ޙިސާން ޙުސައިން ޗެލެންޖު ކުރައްވައި އަވަހަށް އެ ވޯޓު ނެގުމަށް ގޮވާލައްވައިފިއެވެ.

އެމްޑީޕީން ރޭ ބޭއްވި "ހަވަރު ބެރު" ގައި ޙިސާން ރޭ ވިދާޅުވީ މިނިވަން ބަހުސްގައިވެސް ކަތީބު ނިޒާމާ ދެކޮޅަށް ކުރި އިޖުތިޖާޖާއި، ދެއްކި ވާހަކަތައް އެމްޑީޕީ އިން އަޑު އަހައި ގަބޫލުކޮށް ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ލާމަރުކަޒީ ނިޒާމު އޭރު ހިމެނި ކަމަށެވެ.

"އިހަށް ދުވަހު ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރަކު ވިދާޅުވި އަޑު އަޅުގަނޑުމެން އެހިން، މާދަމާ ވޯޓެއް ނެގިޔަސް ކަތީބު ނިޒާމު ކާމިޔާބު ކުރާނެއޭ އެ ވޯޓު. އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން ބޭނުން ސަރުކާރަށް. މާދަމާ ވިޔަސް ނަންގަވާ ދެއްވާށޭ ފެންނަ ނުފެންނަ ވޯޓެއް. ރައްޔިތުން ބޭނުމީ ލާމަރުކަޒީ ނިޒާމު. ކައުންސިލް ތަކުން ރައްޔިތުންގެ ކަންކަން ނިންމަންތޯ، ނޫނީ ރައީސް މުއިއްޒު އައްޔަން ކުރާ ކަތީބު ގޮސްފަ ރައްޔިތުންގެ ކަންތައްތައް ނިންމަންތޯ" ހިސާން ވިދާޅުވިއެވެ.

ކައުންސިލް ތަކުގެ ސައިޒް ކުޑަ ކުރަން ސަރުކާރުން ގެންގުޅެމުން އަންނަ ވިސްނުމަށް އިޝާރާތް ކުރައްވައި ޙިސާން ވިދާޅުވީ ހިސާން ވިދާޅުވީ މި ސަރުކާރުގައި ދެހާހަށްވުރެގިނަ ސިޔާސީ މުވައްޒަފުން ތިބިއިރު، އިންތިޚާބީ ކައުންސިލަރުން ތިބީ 1300 ކަމަށެވެ.

"އެހެންވީމާ ހަގީގަތުގައި ކައުންސިލް ތަކުގެ ސައިޒް ކުޑަކުރާކަށް ނޫން މިއުޅެނީ. އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި މުއިއްޒު ނުކުމެވަޑައިގެން އެ ހުންނެވީ ކައުންސިލްތައް ސައިޒް ކުރަން. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތެއްވެސް ނޫން. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތަންދޭނެ ގޮތެއްވެސްނޫން." ޙިސާން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *