އެމެރިކާގެ ސީކްރެޓް ސާވިސްއިން ރާއްޖެއިން ހައްޔަރުކުރި ރަޝިއާގެ ހެކަރު ދޫކޮށްލައިފި

އެމެރިކާގެ ސީކްރެޓް ސާވިސްއިން ރާއްޖެއިން ހައްޔަރުކުރި ރަޝިއާގެ ހެކަރު ދޫކޮށްލައިފި

އެމެރިކާގެ، ސީކްރެޓް ސާވިސްއިން ރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ރަޝިއާގެ ހެކަރު، ރޯމަން ސެލެޒްނޯވް، 40، އެމެރިކާއިން ދޫކޮށްލައިފި އެވެ.

ސީކްރެޓް ސާވިސްއިން، ރޯމަން ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފުރަން ގޮސް ހުއްޓަ އެވެ. އެއީ ރޯމަން، އާއިލާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރަސް ގޮސް ހުއްޓަ އެވެ.

ރޯމަން ދޫކޮށްލުމަށް އެމެރިކާއިން ނިންމީ ރަޝިއާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު މި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ކުށްވެރިން ބަދަލުކުރުމުގެ ޕްރޮގްރާމުގެ ދަށުންނެވެ. މި ޕްރޮގްރާމުގައި 24 ކުށްވެރިއަކު ވަނީ ދޫކޮށްލާފަ އެވެ.

ރޯމަންއަކީ ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން މީގެ ކުރިން ކުރެއްވި އެ ގައުމުގެ އޮލިގާކުންގެ ތެރޭ ހިމެނޭ މަހުޖަނެއްގެ ދަރި އެކެވެ.

ވީއައިއޭގެ ހުއްޓާ ސީކްރެޓް ސާވިސްއިން ރޯމަން ހައްޔަރުކުރީ 2014 ވަނަ އަހަރުގަ އެވެ. އޭނާ ހައްޔަރުކުރީ އެތައް މިލިއަން ބައެއްގެ ކްރެޑިޓު ކާޑު ވަގަށް ނެގުމުގެ ތުހުމަތުގަ އެވެ. ރޯމަން ހައްޔަރުކުރުމަށްފަހު އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓުން އޭނާ ގެންދިޔައީ ގުއާމުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށެވެ.

ހެކަރުންގެ ތެރޭގައި ސެލެޒްނޯވް މަޝްހޫރު ވެފައިވަނީ "ޓްރެކް2″، "ބުލްބާ" އަދި "އެންސަސް-3″ ގެ ނަމުންނެވެ.

ރޯމަންގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ ރޯމަން ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެމެރިކާއިން އޭނާ ރަހީނުކުރީ ކަމަށެވެ. އަދި ދިވެހި ފުލުހުންނަށް ސީކްރެޓް ސާވިސްއިން ދެއްކީ އަސްލެއް ނެތް އިންޓަޕޯލް އަމުރެއް ކަމަށް ވަކީލު ވިދާޅުވެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *