ރެނިއުބަލް އެނާޖީއަށް ނުގޮސް ކަރަންޓުގެ ޓެރިފް ކުޑަ ކޮށްފިއްޔާ އެ ފައިސާ ދައްކަން ޖެހޭނީ ރައްޔިތުންގެ ފައިސާއިން: ފަހުމީ

ރެނިއުބަލް އެނާޖީއަށް ނުގޮސް ކަރަންޓުގެ ޓެރިފް ކުޑަ ކޮށްފިއްޔާ އެ ފައިސާ ދައްކަން ޖެހޭނީ ރައްޔިތުންގެ ފައިސާއިން: ފަހުމީ

ރެނިއުބަލް އެނާޖީއަށް ނުގޮސް ކަރަންޓުގެ ޓެރިފް ކުޑަކޮށްފިނަމަ، އެ ފައިސާ ދައްކަން ޖެހޭނީ ރައްޔިތުންގެ ފައިސާއިން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަހުމީ ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮ ކުރުމަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ރެނިއުބަލް އެނާޖީއަށް ދިޔުން ކަމަށެވެ. އަދި ވިދާޅުވީ ރެނިއުބަލް އެނާޖީއަށް ނުގޮސް ކަރަންޓުގެ އަގުހެޔޮ ކޮށްފިނަމަ، ސަރުކާރުން ސްޓެލްކޯއަށް ސަބްސިޑީ ދޭންޖެހޭނެ ކަމަށެވެ.

"ރައްޔިތުން އެފަައިސާ ދައްކަން ޖެހޭނީ މި ކުންފުންޏަށް، ކޮންމެެވެސް ގޮތަކުން ޓެކްސް ބޮޑު ކުރަން ޖެހޭނެ ރައްޔިތުންގެ ފައިސާ ނޫންތޯ ދައުލަތަކީ. ހަމައެކަނި ފައިސާ ޗާޕު ކޮށްގެން ހިނގާ ނިޒާމެއް ނޫން، އެހެންވީމާ ޓެކްސް ނަގައިގެން ހިންގާ ދައުލަތެއް ވީމަ އަޅުގަނޑުމެން ޓެރިފް ކުޑަކޮށްފިއްޔާ ސަބްސިޑައިޒްވެސް ކުރަންޖެހޭނެ ސިސްޓަމްގެ ތެރެއިން، ސަރުކާރުގެ ސިޔާސަތު ކަންނޭގޭ މީގައި މުހިންމީ. ރެނިއުބަލް އެނާޖީއަށް ގޮސްގެން ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ ކަމަށް އަޅުގަނޑުވެސް ގަބޫލު ކުރަން." ފަހުމީ ވިދާޅުވިއެެވެ.

ފަހުމީ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 33 ޕަސެންޓް ރެނިއުބަލް އެނާޖީއަށް ބަދަލު ކުރުން ކަމަށެވެ. 50 އާއި 60 އާއި ދެމެދުގެ މެގަވޯޓްގެ ސޯލާ ޕްރޮޖެކްޓެެެއް ހިންގުމަކީ ސަރުކާރުގެ ސިޔާސަތެެއް ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *