އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްގެ މަގާމަށް އާޒިމް

އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްގެ މަގާމަށް އާޒިމް

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްގެ މަގާމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އިންތިޚާބު ވެއްޖެއެވެ.

އެމްޑީޕީގެ ބައި- އިލެކްޝަންގެ ވޯޓުލުން ފަށައިފައި ވަނީ މިއަދު 2:30 ގަ އެވެ. ވޯޓުލުން ވަނީ 9 ޖެހުމާ ހަމަޔަށް ކުރިއަށް ގެންގޮސްފައެވެ. ވޯޓު ގުނަން ފަށައިފައި ވަނީ މިރޭ 9:30 ގައެވެ.

އެ ޕާޓީގެ މާލޭ ދާއިރާގެ ރައީސްގެ މަގާމަށް އާޒިމްގެ އިތުރުން ދެން ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހެވެ. އިންތިހާބުގައި އާޒިމަށް ވަނީ 617 ވޯޓު ލިބިފައެވެ. ފަލާހަށް ލިބިފައި ވަނީ 255 ވޯޓެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް ވެސް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނުގައި 10،683 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *