ކުރީގެ ރައީސް ޔާމީން ޕީއެންއެފުން ބާއްވަމުން އަންނަ ޖަލްސާ ތަކުގައި ދައްކަވާ ވާހަކަތަކަށް ވަރުގަދަ ޅެމަކުން ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަޙީމް (އަދުރޭ)، ނުސީދާކޮށް ޔާމީނަށް ރައްދު ދެއްވައިފިއެވެ.
ސީދާ ޔާމީންގެ ނަން ނުގެންނަވައި، އަދުރޭ ހައްދަވާފައިވާ މި ޅެން ޕީއެންއެފްގެ ބަޔެއް ސޯޝަލް މީޑިޔާ ގްރޫޕްތަކާއި، އަދުރޭއާ ގާތް ގުޅުން އޮންނަ ސިޔާސީ ބަޔެއް ބޭފުޅުން ސޯޝަލް މީޑިޔާގައިވެސް ވަނީ ޙިއްސާ ކުރައްވާފައެވެ.
މިއަދުގެ ތާރީޚުގައި "ހީވަނީ" ގެ ނަމުގައި އަދުރޭ ހެއްދެވި ޅެން ފައްޓަވާފައި ވަނީވެސް ވަރުގަދަ ބަހުގެ ހަމަލާގެ ބައިތަކުންނެވެ. ތިރީގައި އެވަނީ އެ ޅެމެވެ.