އެމްޑީޕީން "ހަވަރު ބެރު" ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް މިރޭ ބާއްވަނީ

އެމްޑީޕީން "ހަވަރު ބެރު" ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް މިރޭ ބާއްވަނީ

އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން "ހަވަރު ބެރު" ގެ ނަމުގައި މިރޭ ޚާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކައުންޓު ތަކުން ހާމަކޮށްފައިވާ ގޮތުގައި މިރޭ އޮންނަ "ހަވަރު ބެރު" ޑިސްކަޝަން އޮންނާނީ ލިލީމަގުގައި ހުންނަ އެ ޕާޓީގެ މައި އޮފީހުގައެވެ. ޕެނަލް ޑިސްކަޝަން ފަށާނެ ގަޑި ކަމަށް ބުނެފައި ވަނީ މިރޭ 9 ޖަހާއިރުއެވެ.

އެމްޑީޕީން ބުނީ މުޅިން އަލަށް އެ ޕާޓީން ފަށާ މި ޕެނަލްގައި މިރޭ ތިއްބަވާނީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ޗެއާރޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން، ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *