ސިޓީ ކައުންސިލުގެ ޚަރަދުން 20 މިލިއަން ކުޑަ ކުރެވިއްޖެ : އާޒިމް

ސިޓީ ކައުންސިލުގެ ޚަރަދުން 20 މިލިއަން ކުޑަ ކުރެވިއްޖެ : އާޒިމް

މިދިޔަ އަހަރާ ބަލާއިރު މިއަހަރު މާލޭ ސިޓީ ކައުންސިލްގެ ހަރަދުން 20 މިލިއަން ރުފިޔާ ހަރަދު ކުޑަ ކުރެވިފައިވާ ކަމަށް މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލެގެ ރައްޔިތުންނަށް ބައްދަލުކުރުމަށް މިރޭ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ މޭޔަރު ކަމުގެ ޒިންމާއާ އޭނާ ހަވާލުވި ދުވަހުން ފެށިގެން ސިޓީ ކައުންސިލު ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކޮށްފައި ވާނެ ކަމަށެވެ. އެގޮތުން ފައިސާ ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްވުރެ ހަރުދަނާ ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ވޭތުވެ ދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި މި އަހަރު ގެ ފުރަތަމަ ހަ މަސް ދުވަހު ހަރަދުއަޅައި ބަލާއިރު، ސިޓީ ކައުންސިލު ގެ ހަރަދުން ވަނީ 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފަ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ ހަރަދު ކުޑަކުރީ ކައުންސިލު ހިންގުމަށް ކުރަމުން އައި ހަރަދުގެ ތެރެއިން 11 މިލިއަން ރުފިޔާއާއި އެ ކައުންސިލުގެ ކެޕިޓަލް ހަރަދުން ނުވަ މިލިއަން ރުފިޔާ ކުޑަކޮށްގެން ކަމަށެވެ.

ކައުންސިލަށް ހަރަދު ކުޑަކުރެވިފައިވަނީ ކައުންސިލުގެ މެންބަރުންނާއި މުވައްޒަފުންގެ ހަރުދަނާ ކަމުގެ ސަބަބުން ކަމަށާއި އެކަމަށްޓަކައި ކައުންސިލަރުންނަށާއި، ކައުންސިލުގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *