އިންޑިޔާ އާއި ޔޫއޭއީން ދަރަނި ފަސްކޮށް ދީފި، ޗައިނާވެސް ދަރަނި ފަސްކޮށް ދޭނެ: ރައީސް

އިންޑިޔާ އާއި ޔޫއޭއީން ދަރަނި ފަސްކޮށް ދީފި، ޗައިނާވެސް ދަރަނި ފަސްކޮށް ދޭނެ: ރައީސް

އިންޑިޔާ އާއި ޔޫއޭއިން ވަނީ ރާއްޖެއިން ދައްކަންޖެހޭ ދަރަނި ދެއްކުން ފަސް އަހަރަށް ފަސްކޮށްދީފައި ކަމަށާއި ޗައިނާއިން ވެސް ދަރަނި ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަންދުވަހުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމަކަށް މިނިވަންކަން ލިބެނީ މައިގަނޑު ތިން ކަމެއް ހާސިލްވެގެން ކަމަށެވެ. އެއީ ގައުމުގެ އިގްތިސާދީ ސިޔާދަތު ޔަގީންވުމާއި އަމިއްލަވަންތަކަމުގެ ސިޔާދަތު ޔަގީންވުމާ އަދި ސަލާމަތީ ނުވަތަ ދިފާއީ ސިޔާދަތު ޔަގީންވުން ކަމަށް ރައީސް ވިދާޅުވި އެވެ.
އިގުތިސާދީ ސިޔާދަތު ޔަގީން ވާނީ ރާއްޖޭގެ ބޮޑުވެފައި އޮތް ބޭރުގެ ދަރަނި ދެއްކިގެން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީއިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފައިވާ ކަމަށާއި ކާބޯތަކެތީގެ ކޯޓާ ވެސް އިތުރު ދެ އަހަރަށް ހަމަޖައްސައިދީ، ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތް ހަދައި ދީފައި ކަމަށް ރައީސް ވިދާޅުވި އެވެ.
"ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުތައް ނުދައްކައި، ކުރިއަށް އޮތް ފަސް އަހަރު އެ ލޯނުތަކަށް އެ ލޯނުތަކުގެ އިންޓްރެސްޓް ނުދައްކައި ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ދެއްވައިފައި،" ރައީސް ވިދާޅުވި އެވެ.
ޗައިނާގެ އިތުރުން ޔޫއޭއީ އިން ނަގާފައިވާ ލޯނުތައް ވެސް ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭނެ ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *