ޓްރަމްޕަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި

ޓްރަމްޕަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަ ކޮށްލަން ބަޑިން ހަމަލާދިން މައްސަލަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރި ކުރައްވައިފިއެވެ.

މި ހަމަލާ ކުށްވެރިކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ސިޔާސީ މައިދާނުގައި އަނިޔާވެރި ޢަމަލު ތަކަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ކޮންމެ ތަނެއްގައި ހިނގި ކަމުގައި ވިޔަސް އެއްވެސް ބާވަތެއްގެ އަނިޔާވެރި ކަމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހަމަލާގައި ޒަޚަމްވެވަޑައިގެންނެވި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށާއި، އެމަނިކުފާނުގެ ޢާއިލާއަށް އަދި ހަމަލާގައި ޒަޚަމްވި މީހުންނަށް ހެޔޮ އެދުންތައް ފޮނުއްވަވާފައެވެ.

އެމެރިކާގެ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަ ކޮށްލަން ބަޑިން ޙަމަލާ ދީފައި ވަނީ ޕެންސިލްވޭނިޔާ ސްޓޭޓްގެ ރަށެއް ކަމުގައިވާ ބަޓްލަރގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަން ހުއްޓައެވެ.

މިއީ, ޓްރަމްޕް އަވަހާރަ ކޮށްލަން ދިން ޙަމަލާއެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާ ކަމުގައި, ޓްރަމްޕްގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދާ ސީކްރެޓް ސަރވިސުން ބުންޏެވެ.

މި ޙަމަލާގައި ޓްރަމްޕް ޒަޚަމްވެ ވަޑައިގަތެވެ. މަންޒަރު ފެނުނު މީހުން ބުނީ, ޓްރަމްޕަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދީފައި ވަނީ ކެމްޕޭން ޖަލްސާގައި އޭނާ ވާހަކަފުޅު ދައްކަވަން ފެއްޓެވިތާ ގިނަ އިރުތަކެއް ނުވަނީސް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *