އެމްއެމްޕީއާރްސީގެ ޑީއެމްޑީވެސް މަގާމުން ވަކިކޮށްފި

އެމްއެމްޕީއާރްސީގެ ޑީއެމްޑީވެސް މަގާމުން ވަކިކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމް އެ މަގާމުން ވަކިކޮށްފި އެވެ.

ބައްސާމުގެ އިތުރުން އެމްއެމްޕީއާރްސީގައި ގިނަ ދުވަސް ތަކަކު މަސައްކަތް ކޮށްފައިވާ އެ ކުންފުނީގެ ކޯޕަރޭޓް އެފެއާޒްގެ ޗީފް އިބްރާހީމް އާސިމް ވެސް ވަކިކޮށްފައިވާ ކަމަށް އެނގިފައިވެއެވެ. މި ދެ ބޭފުޅުން މަގާމުން ވަކިކުރި ސީދާ ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ބައްސާމަށް މީގެކުރިން ވަނީ އެމްއެމްޕީއާރްސީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުވެސް ކުރެވިފައެވެ. އެ ތުހުމަތާއެކު އޭނާ ދުވަސް ކޮޅަކަށް ސަސްޕެންޑްވެސް ކުރިއެވެ. ނަމަވެސް މިސަރުކާރުގައި އެމްއެމްޕީއާރްސީގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކޮށްފައި ހުންނެވި ފާތިމަތު ތައުފީގު މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަންދެން ދުވަސް ކޮޅަކަށް އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ ޒިންމާވެސް ބައްސާމް އަދާކުރެއްވިއެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް މިހާރު ހުންނެވީ ރާއްޖޭގެ ކުރީގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ އިބްރާހީމް ޝިއުރީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *