އާސަންދައިގެ ދަށުން ހުރިހާ ދިވެހިންނަށް މެޑިކަލް ޗެކަޕް ހެދޭނެ ގޮތް ހަމަޖައްސައިފި

އާސަންދައިގެ ދަށުން ހުރިހާ ދިވެހިންނަށް މެޑިކަލް ޗެކަޕް ހެދޭނެ ގޮތް ހަމަޖައްސައިފި

އާސަންދައިގެ ދަށުން ހުރިހާ ދިވެހިންނަށް މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް އާސަންދައިން ބުނެފިއެވެ.

އާސަންދައިން މިއަދު ބުނީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމެނިފައިވާ, ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ތަންފީޒު ކުރަން ފަށާފައިވާ ސިޔާސަތާ އެއްގޮތަށް, މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާ ތަކަށް ސަރުކާރުގެ ހޮސްޕިޓަލް ތަކުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އާސަންދައިން ވަނީ މީގެކުރިން 50 އަހަރުން މަތީގެ އުމުރުފުރާ އަދި އޭޕްރީލް 1 ވަނަ ދުވަހު ވަނީ 18 އަހަރުގެ ދަށުގެ އުމުރުފުރާ އާއި 40 އަހަރުން މަތީގެ އުމުރުފުރާ ތަކަށް އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސައިފައެވެ.

އެހެން ކަމުން ދިވެހި ހުރިހާ ރައްޔިތުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފަ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *